އެއް ދުވަސްތެރޭ ނިރުބަވެރި އިސްރާއީލުން ޔަމަނާއި ލުބުނާން އަދި ސީރިއާގެ އިތުރުން ޣައްޒާއަށް ހަމަލާދީ 54 މީހުން މަރާލައިފިއެވެ.

އެމެރިކާގެ މަދަދާއެކު މެދުއިރުމަތީގައި ހަމަނުޖެހުން ހިންގަމުންދާ އިސްރާއީލުން މި ހަމަލާތައް ދީފައި ވަނީ އިއްޔެގެ އެކި ވަގުތުތަކުގައި ވައިގެ މަގުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަންގައި ޣައްޒާގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން އެމީހުން ގެދޮރުން ނެރޭނެ ކަމަށެވެ.

ޣައްޒާގެ ހުރިހާ ހޮސްޕިޓަލަކަށް އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވާއިރު މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ވަނީ ބުނެފަ އެވެ.

އިސްރާއީލުގެ ހަނގުރާމައިގައި ފަލަސްތީނުގެ 52،567 މީހުން މަރުވެ، 118،610 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި އެގައުމުގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި އިމާރާތްތަކުގެ ދަށަށް ގެއްލިފައިވާ އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ އިރު މަރުވި މީހުންގެ އަދަދު 61،700 އަށް ވުރެ މައްޗަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން