ސްޓޫޑެންޓް ލޯން ފައިސާގެ ގޮތުގައި ސަރުކާރުން މިދިޔަ އޭޕްރީލްގެ ނިޔަލަށް 55.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ 55.5 މިލިއަން ރުފިޔާ ދޫކުރީ ޖުމްލަ 751 ދަރިވަރަކަށް ކަމަށެވެ. މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯން ނަގައިގެން ކިޔެވި ދަރިވަރުންގެ ތެރެއިން 34 ދަރިވަރަކު ކާމިޔާބު ކަމާ އެކު ކޯސް ނިންމާފައިވާ ކަމަށެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރު ސްޓޫޑެންޓް ލޯނު ސްކީމަށް ހުޅުވާލުމުން 500 ފުރުސަތަށް 1،300 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސްޓޫޑެންޓް ލޯނު ތިން ގިންތި އަކުން ދޫކުރަނީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށެވެ. ތިން ގިންތިއަކީ ޓޮޕްއަޕް ލޯނާއި، ރާއްޖޭގެ ޔުނިވަސިޓީ / ކޮލެޖް / މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވަން ދޭ ލޯނުގެ އިތުރުން ހައިލީ ޓެކްނިކަލް ދާއިރާތަކަށް ދޫކުރާ ލޯންތަކެވެ.

ކިޔުންތެރިންގެ ހިޔާލު