މި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ނުލިބުމުގެ މައްސަލައަށް މި ދައުރުގެ ތެރޭގައި އެއްކޮށް ހައްލެއް ގެނެސްދިނުންކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދޭގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “އަހާ” ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިން ބޭނުންވާވަރަށް އައިސް ނުލިބުމުގެ މައްސަލައަކީ އެ ސިނާއަތުގައި އޮތް މައިގަނޑު ދެތިން މައްސަލައިގެ ތެރޭގައި ހިމެނޭ ބޮޑު މައްސަލައެއްކަމަށެވެ.
ނަމަވެސް އެ މައްސަލައަށް ހައްލެއް ހޯދުމަކީ ސަރުކާރުގެ އަމާޒުކަމަށާއި އެކަން ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މި އަހަރު އެކަނިވެސް 3 އައިސް ޕްލާންޓެއްގެ މަސައްކަތް ފެށިގެން އެބަ ދާކަމަށެވެ. އަދި އެ ޕްލާންޓްތަކުން ކުރިއަށްއޮތް ދޭއް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ހިދުމަތް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި ގާއިމުކުރާ އިތުރު 5 ޕްލާންޓެއްގެ މަސައްކަތް މިހާރު އޮތީ ބީލަން އިވެލުއޭޓް ކުރުމުގެ މަރުހަލާގައިކަން ފާހަގަ ކުރެއްވިއެވެ. އަދި ޕްރައިވެޓް ފަންޑިންގެ ތެރެއިން 3 ޕްލާންޓެއްގެ މަސައްކަތް ވެސް މިއަހަރު ކުރިއަށްދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އިތުރަށް ގާއިމުކުރާ ޖުމުލަ 11 އައިސްޕްލާންޓާ އެކު ލޭންޑްބޭސްޑް އައިސް ޕްލާންޓްތަކުން އިތުރު 700 ޓަނު އައިސް ލިބޭގޮތަށް ކެޕޭސިޓީ އިތުރުކުރުމެވެ.
އަދި އެކަންއެގޮތަށް ކުރެވިއްޖެނަމަ މި ފަސް އަހަރުގެ ތެރޭގައި އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކައިގައި ވަނީ ދޯނިފަހަރުގައި އައިސް ޕްލާންޓްތައް ބެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެގޮތަށް ދޯނިފަހަރުގައި އެ ނިޒާމު ގާއިމުކުރުމަކީ މަސްވެރިންނަށް އާމްދަނީގެ ގޮތުން އެންމެ ރަނގަޅު ނަފާއެއް ހޯދޭނެ ގޮތްކަން ޝިޔާމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު