ފަސްދޮޅަސް ޕަސެންޓް ދަރިވަރުން ސްޓޫޑަންޓް ލޯނު ނުދައްކާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ދަރިވަރުން ގަވައިދުން ލޯނުތައް ދައްކަމުންދެތޯ ވިދާޅުވެ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ލޯނު އަނބުރާ ދެއްކުމުގައި ބޮޑެތި މައްސަލަތައް އުޅޭކަމަށެވެ.
"ހަމައަށް ބަރާބަރަށް 40 ޕަސެންޓްވަރު އަނބުރާ ދައްކަނީ. އެކަމާ ގުޅޭ ގޮތުން ވެސް ހަމަ ދައުލަތަށް ލިބެންވާ ފައިސާ ހޯދުމަށް އަޅުގަނޑުމެންނަށް ކުރަން ޖެހޭ ކަންތައްތަކަށް މަޝްވަރާކޮށް އެއަށް ގޮތެއް ނިންމާނަން." މިނިސްޓަރު ވިދާޅުވި އެވެ.
ސްޓޫޑަންޓް ލޯނު ދައްކަން ޖެހޭނީ ކޯސް ފުރިހަމަކުރުމަށް ފަހު ލިބޭ ގްރޭސް ޕީރިއަޑަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު