ޗައިނާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 39 ސްކޮލަޝިޕަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނެނީ ބޭނުން ދާއިރާއަކުން ކިޔަވަން ޕީއެޗްޑީގެ 14 ފުރުސަތާއި މާސްޓާސް ޑިގްރީގެ 25 ފުރުސަތެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީ، އޮންކެމްޕަސް އެކޮމޮޑޭޝަން، ސްޓައިޕެންޑް، ރީސެޓްލްމަންޓް ފީ، މެޑިކަލް އިންޝުއަރެންސް، އަދި ދެކޮޅު ޓިކެޓް ހަމަޖައްސާނެ ކަމަށެވެ.

ސްކޮލަޝިޕްރަކުގެ ޝަރުތުތަކުގެ ތެރޭގައި އެޕްލައި ކުރާ ކޯހާއިގުޅޭ ދާއިރާއެއްގައި މަދުވެގެން ތިން އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި ޕަބްލިކް ސެކްޓާގައި މަސައްކަތްކުރާ ފަރާތަކަށްވުން ހިމެނެއެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ބުރާސްފައްޗާ ހަމައަށެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތަޢުލީމު ހާސިލްކުރުމަށް ކުރިން ލޯނެއް ނަގައި އަދި އެލޯން ގަވާއިދުން ދައްކަމުން އަންނަ މީހުންނަށް ވެސް ސްކޮލަޝިޕްތަކަށް އެޕްލައި ކުރެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން