މި އަހަރުވެސް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދޫކުރާނެ ކަމަށް ބެލެވޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މި ފަހަރު ސްޓޫޑަންޓް ލޯނަށް ކުރިމަތިލި ދަރިވަރުންގެ އަދަދާއި އަދި ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރާނެތޯ މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ މި ފަހަރުގެ ލޯނު ސްކީމަށް 1351 ދަރިވަރުން ކުރިމަތިލި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލޯނަށް ކުދިން ހޮަވަނީ މެރިޓަށް ބަލާފައި ކަމަށެވެ.
"500 ޖާގައަށް އަޅުގަނޑުމެން ހުޅުޥާލީ. އެެހެން ނަމަވެސް މިދިޔަ އަހަރުވެސް އެނވަޑައިގަންނަވާނެ 500 ޖާގައަށް ހުޅުވާލައިގެން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އެވޯޑްކުރިން." މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން މި އަހަރުވެސް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ލޯނު ދޫކުރަން ސަރުކާރުން ނިންމާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް އެކަމާ މެެދު ވަކި ގޮތެއް ނުނިމޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.
މިދިޔަ އަހަރުވެސް 1153 ދަރިވަރުން ލޯނަށް ޝަރުތު ހަމަވިއިރު އެ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދޫކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު