ކާޅު ނުމަރައި ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުގައި ދިރިއުޅޭ ދޮންދީނިތަކަށް ދިރިއުޅެވިދާނެތޯ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާ ސުވާލު ކުރައްވައިފި އެވެ.
ކާޅާއި ވާ ނުމަރައި އެއާއެކު ދިރިއުޅެން ދަސްކުރަން ޖެހޭކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދީދީ ވިދާޅުވީ ކާޅާ ވާލަކީ ދޮންދީނި ކައި އުޅޭ އެއްޗެއް ކަމަށެވެ. އެހެންވެ ދޮންދީނިއަށް އޮތް ގޮންޖެހުން ނައްތާލަން ކާޅު ނައްތާލުން މުހިންމުކަމަށް ދީދީ ވިދާޅުވި އެވެ.
އެހެންވެ އެކަމާ މެދު މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތް ސާފުކޮށްދެއްވުމަށް ދީދީ އެދިވަޑައިގެންނެވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވަނީ ކުރިން ވެސް ވިދާޅުވި ގޮތަށް ކާޅާއި ވާލާއެކު ދިރިއުޅެން ދަސްކުރަން ޖެހޭކަން ފާހަގަ ކުރައްވައިފަ އެވެ. އެހެން ނަމަވެސް ދޮންދީނި ހިމާޔަތްކުރަން ވަރަށް ގިނަ މަސައްކަތްކުރަން ޖެހޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިގޮތުން އަޅުގަނޑު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އީޕީއޭއާ ވެސް މަޝްވަރާކޮށްފަ. މިގޮތުން މެނޭޖްމަންޓް ޕްލޭނެއް ހަދާ އިރާދަކުރެއްވިއްޔާ ވަރަށް އަވަސް ފުރުސަތެއްގައި ހައްލެއް ހޯދާނަން" މާރިޔާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު