ޢީދު ލައިޓުތަކުގެ ޑިމާންޑު ވަރަށް މަތި ކަމަށާއި، ނަމަވެސް މިއަހަރު މިހާތަނަށް ބޮޑުޢީދަށް ލައިޓް ހޯދާފައި ނުވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ޢީދަށް ލައިޓް ހޯދުމަށް ކައުންސިލްތަކުގެ ޝައުގުވެރިކަން ވަރަށް ބޮޑުކަން ޤަބޫލު ކުރަށްވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މިއަހަރުގެ އަޟްހާ ޢީދަށް ލައިޓު ނުހޯދާ ކަމަށާއި، މިދިޔަ އަހަރު ވެސް ޢީދު ލައިޓު ހޯދީ އެއްފަހަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ބޮޑު ޢީދަށް، އީދު ލައިޓް ހޯއްދަވަން ވަރަށް ގިނަ ކައުންސިލްތަކުން މިނިސްޓަރީގައި އެދިވަޑައިގަންނަވަމުން އެބަގެންދަވާ! އީދު ލައިޓްގެ ޑިމާންޑް ވަރަަށް ހައި!” ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭގެއިތުރުން ވަޒީރު ވިދާޅުވީ، މި އަހަރުގެ ޑިމާންޑަށް ބެލުމަށްފަހު، ބަޖެޓުގައި ހިމަނައިގެން މި އަންނަ އަހަރު ލައިޓު ގެންނަން ވިސްނަވާނެ ކަމަށެވެ.
ޢީދުގައި އެކި ރަށްރަށް ދިއްލަނީ، ސަރުކާރުން ފެށި "ޢީދު އަލި" ޕްރޮގްރާމްގެ ދަށުންނެވެ. މިކަމުގެ ބޭނުމަކީ ޢީދު ފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ބޮޑު ޢީދަށް، އީދު ލައިޓް ހޯއްދަވަން ވަރަށް ގިނަ ކައުންސިލްތަކުން @MoCLPmv ގައި އެދިވަޑައިގަންނަވަމުން އެބަގެންދަވާ! “އީދު ލައިޓްގެ ޑިމާންޑް ވަރަަށް ހައި.”
— Adam Shareef Umar (@Adamshareefz) May 16, 2025
މިދިޔަ އަހަރުވެސް އަދި މިއަހަރުވެސް ބޮޑުއީދަށް އީދު ލައިޓް ނުހޯދަން. މިދިޔަ އަހަރުވެސް އީދުލައިޓް ހޯދީ އެއްފަހަރު. pic.twitter.com/O6b8ZNyrXh
އޭގެއިތުރުން ވަޒީރު ވިދާޅުވީ، މި އަހަރުގެ ޑިމާންޑަށް ބެލުމަށްފަހު، ބަޖެޓުގައި ހިމަނައިގެން މި އަންނަ އަހަރު ލައިޓު ގެންނަން ވިސްނަވާނެ ކަމަށެވެ.
ޢީދުގައި އެކި ރަށްރަށް ދިއްލަނީ، ސަރުކާރުން ފެށި "ޢީދު އަލި" ޕްރޮގްރާމްގެ ދަށުންނެވެ. މިކަމުގެ ބޭނުމަކީ ޢީދު ފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު