އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންއަށް ކެންސަރު ޖެހިއްޖެ އެވެ.
ބައިޑެންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެމަނިިކުފާނަށް ޖެހިވަޑައިގެންނެވީ ޕްރޮސްޓޭޓް ކެންސަރު ކަމަށާއި ކައްޓާއި ހަމައަށް ކެންސަރު މިހާރު ފެތުރިފައިވާ ކަމަށެވެ.
އަދި ޑޮކްޓަރުންގެ ލަފަޔާއެކު ކެންސަރަށް އެންމެ ރަނގަޅު ފަރުވާތައް ބަލަމުންދާކަމަށް ވެސް އޮފީހުން ބުންޏެވެ.
އުމުރުން 82 އަހަރުގެ ބައިޑެން 2023 ވަނަ އަހަރު ވަނީ ހަމުގެ ކެންސަރަށް ވެސް ފަރުވާ ހޯއްދަވައިފަ އެވެ. އެ ފަހަރު އެ ބަލިން މުޅިން ފަސޭހަވަޑައިގެންނެވި އެވެ.
ބައިޑެންއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިވަޑައިގެންނެވި އިރު ސިއްހީ ގިނަ މައްސަލަތަކެއް އެމަނިކުފާނު ދަނީ ތަަހައްމަލުކުރައްވަމުން ނެވެ. ހާއްސަކޮށް ހަނދާން ނެތުމުގެ މައްސަލަވެސް ކުރިމަތިވެވަޑައިގަންނަވާ އިރު އެކި ރަސްމިއްޔާތުތަކުގައި ވެސް އެމަނިކުފާނަށް ވާނުވާ އެނގިވަޑައި ނުގެން އުޅުއްވާތަން ފެނެއެެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުން ވެސް ބައިޑެން ވަކިވެ ވަޑައިގެންނެވީ އެ މަނިކުފާނު ސިއްހީ ގޮތުން ފިޓު ނޫންކަމަށް ބުނެ އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ނެވެ.

ކިޔުންތެރިންގެ ހިޔާލު