ބްރޯޑްކާސްޓިން ކޮމިޝަނުގެ ސާވާއަށް ދިމާވެފައިވާ މައްސަލައެއް ހައްލުކުރުމަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ބްރޯޑްކޮމްގެ މެންބަރުންގެ ކަންކަން ހުންނަގޮތާ މެދު ހިތްހަމަނުޖެހިގެން މިއަދު ވަނީ އެތަނުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރުން ހުއްޓާލައި ގެއަށް ގޮސްފައެވެ.
ތަނުގެ މެންބަރުންނާ މުވައްޒަފުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށް އެތަނަށް ފުލުހުން ވަދެ މައްސަލައެއް ބަލަމުންދާކަމުގެ އަޑުތަކެއް މިއަދު ފެތުރުނެވެ.
އެ ވާހަކަ ދޮގުކޮށް ފުލުހުން މިރޭ ބުނީ ފުލުހުންގެ ޓެކްނީޝަނުންގެ ޓީމެއް އެ ކޮމިޝަނަށް ދިޔައީ އެތަނުގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކޮށްދޭން އެހީތެރިކަމަށް އެދުމުން ކަމަށެވެ.
އަދި އެއީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ދިޔަ ދިޔުމެއް ނޫންކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
ބްރޯޑްކޮމްގެ އިދާރާތެރޭ ޖެހިފައިވާ މައްސަލާގައި މަސައްކަތް ހުއްޓާލާ މިއަދު ގެއަށްދިޔަ މުވައްޒަފުން ބުނެފައިވަނީ މަސައްކަތް ހުއްޓާލަން ނިންމީ ބްރޯޑްކޮމްގެ މެންބަރުންގެ ކިބައިން ބޭއިންސާފުން ކަންކަންކުރާތަން ފެންނަމުންދާތީކަމަށެވެ. އަދި މުވައްޒަފުންގެ ހައްގުގައި ވަކާލާތު ކުރަމުންދިޔަ އެތަނުގެ ސެކްރެޓަރީ ޖެނެރަލް ސަސްޕެންޑް ކުރުމަކީ ވެސް މުވައްޒަފުން މަސައްކަތް ހުއްޓާލަންޖެހުނު އެއް ސަބަބުކަމަށް އެ މުވައްޒަފުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު