ބްރޯޑްކޮމްގެ މެމްބަރުން-
ބްރޯޑްކޮމްގެ މެމްބަރުން-
ނޫސްވެރިން އެކްރެޑިޓް ކުރުމާ ބެހޭ އުސޫލެއް އެކުލަވާލައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމުން އެ އުސޫލު އާންމުކޮށްފިއެވެ.

މިއީ ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންގެ ފެންވަރު މަތިކޮށް، ރަނގަޅު ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލި އުސޫލެކެވެ.

މި އުސޫލުގެ ދަށުން "ޕްރެސް ފާސް" ދޫކުރެވޭނީ އެޑިޓަރުންނާއި، ރިޕޯޓަރުންނާއި، ޕްރެޒެންޓަރުންނާއި، ލިޔުންތެރިންނާއި، ކޮލަމިސްޓުންނާއި، ފޮޓޯ އަދި ވީޑިއޯ ޖާނަލިސްޓުންނަށް ކަމަށާއި، އެކްރެޑިޓޭޝަން ލިބޭ ފަރާތްތަކަކީ އެމްކިޔުއޭ ލެވެލް 3 ގެ ސަނަދެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން ތިން އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭކަމަށް ބްރޯޑްކޮމުން ހާމަކުރެއެވެ.

އާ އުސޫލަށް އަމަލުކުރަން ފަށާނީ އުސޫލު ޝާއިއުކުރާތާ ހަ މަސްދުވަސް ފަހުންކަމަށް ބްރޯޑްކޮމުން ވަނީ ބުނެފައެވެ.

އާއުސޫލަށް އަމަލުކުރަން ފެށުމާއެކު އެކްރެޑިޓް ކާޑު ދޫކުރެވޭނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއަށް އަހުލުވެރިވެފައިވާ މިންވަރާއި، ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށްފަހު ކަމަށްވެސް ބްރޯޑްކޮމުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު