ބްރޯޑްކާާސްޓިން ކޮމިޝަން--
ބްރޯޑްކާާސްޓިން ކޮމިޝަން--
ބްރޯޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައާ ގުޅިގެން އެ ކޮމިޝަންގެ އައިޓީ މުވައްޒަފުން ސަސްޕެންޑްކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންތަކެއް މަޖިލީހަށް ހުށަހެޅި ޕެޓިޝަނާއެކު އެ ކޮމިޝަނުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެގޮތުން އިއްޔެއިން ފެށިގެން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ސަސްޕެންޑްކުރި މައްސަލައިގައި އެ އޮފީހުގެ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލައި ގެއަށް ގޮސްފަ އެވެ.

އަދި އިއްޔެ ސާވާއަށް ދިމާވި މައްސަލައާ ގުޅިގެން ފުލުހުންގެ ޓެކްނިކަލް ޓީމެއް ވެސް ބްރޯޑްކޮމްއަށް ވަނެވެ.

ބްރޯޑްކޮމްގެ މެމްބަރަކު ރަސްއަށް ވިދާޅުވީ ސާވާއަށް ދިމާވި މައްސަލައާ ގުޅިގެން ފުލުހުން ބެލި ބެލުމުން ސުވާލު އުފެދޭ ކަންކަން ހުރުމުން އެކަން އިދާރީ ގޮތުން ތަހުގީގުކުރަން އައިޓީ މުވައްޒަފަކު މިއަދުން ފެށިގެން ހަތް ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެެ.

ނަމަވެސް ޕެޓިޝަނާ ގުޅޭ ގޮތުން ބްރޯޑްކޮމްގެ މެމްބަރު ވަކި އެއްޗެއް ވިދާޅެއްނުވެ އެވެ.

ބްރޯޑްކޮމްގެ 15 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ބްރޯޑްކޮމްގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތައްކޮށްފައި ވެއެވެ.

އެގޮތުން މުވައްޒަފުން ލައްވާ އެހެން މުވައްޒަފުންނަށް ފާރަލާ ކަމަށާއި އަދި ޒާތީވެ މުވައްޒަފުންނާ ޖައްސާލައި ނަފްސާނީ ގޮތުން ގޯނާ ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި މުވައްޒަފުން ލައްވައި ގޭގައި މަސައްކަތްކުރުވައި އިތުރު ގަޑީގެ އިނާޔަތްތައް ނުދޭކަން ވެސް ޕެޓިޝަންގައި ބުނެފައި ވެއެވެ.

އޭގެ އިތުރަށް ގަވާއިދުތަކާ ހިލާފަށް އަމަލުކުރަން މަޖުބޫރުކުރާކަން ފާހަގަކޮށް އެ މައްސަލަތައް މަޖިލީހުން ބަލައި އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ޕެޓިޝަންގައި އެދިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން