ނުރައްކާތެރި ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާކަން ފާހަގަ ކުރެވުނީ މިދިޔަ ހަފްތާތަކުގެ ތެރޭގައި ކަމަށެވެ. އަދި މި ބަލިމަޑުކަމުގެ ކޭސްތައް އަދި ފެންނަމުންދަނީ މަދުންކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެ އިދާރާއިން ބުނީ އަހަރުގެ މި ދުވަސްވަރު ގިނައިން ދިމާވާ ޑެންގީ، ވައިރަލް ހުމުގެ، އަދި އިންފްލުއެންޒާ ފަދަ އާންމު އެހެން ބަލިތައްވެސް މޫސުމީ ގޮތުން އިތުރުވަމުންދާތަން ފެންނަމުންދާ ކަމަށެވެ.
ނުރައްކާތެރި ހުންތައް ފެތުރެމުންދާ މި ދަނޑިވަޅުގައި އެޗްޕިއޭއިން ވަނީ އެންމެހާ ފަރާތްތަކުންވެސް އެފަރާތްތަކުގެ ސިއްހަތާއި އެހެން މީހުންގެ ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ރައްކާތެރިކަމުގެ އަސާސީ ފިޔަވަޅުތަކަށް ތަބާވާން އިލްތިމާސްކޮށްފައެވެ.
މި ދަނޑިވަޅުގައި އެ އިދާރާއިން ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ބޭނުންވާ ގޮތަށް ވަގުތުން އަދާހަމަ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު