ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތާއެކު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 6.6 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދިޔަ "މޯލްޑިވްސް އެކްސްޕޯ 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަ ދާކަމަށެވެ.
އެގޮތުން، ރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް އޮތްއިރު އެ ޒުވާނުންނަށްޓަކައި، ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް އެ އިންޑަސްޓްރީ މެއިންސްޓްރީމް ކުރުމަކީ ރައީސްގެ މުހިންމު ސިޔާސަތެއްކަމަށް ސައީދު ވިދާޅުވިއެވެ.
އެކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ، އުފެއްދުންތެރިކަމުގެ މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީއަށް ހާއްސަކުރެވިފައިވާ ސަރަހައްދެއް މިފަހަރު ގާއިމުކުރެވިފައި އޮތުމަކީ ރާއްޖޭގައި މި ސިނާއަތް ކުރިއަރުވަން ރައީސް ބޭނުންފުޅުވާ މިންވަރު ހާމަވާކަމެއްކަމަށެވެ.
ސައީދު ވިދާޅުވީ، ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ރައީސްގެ ލަފާފުޅުގެ މަތިން ކުރެވެމުންދާ މަސައްކަތުން އުފެއްދުންތެރިކަމުގެ ނިސްބަތް 6.6 ބިލިއަން އެމެރިކާ ޑޮލަރަށް މިއަދު އިތުރު ކުރެވިފައިވާކަމަށެވެ. އަދި އެ އަދަދު 1990 ވަނަ އަހަރުގައި ހުރީ 215 މިލިއަން ޑޮލަރުގައިކަން ސައީދު ފާހަގަ ކުރެއްވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ސަބަބުން ރައީސްގެ މެނިފެސްޓޯގައި ވައުދުވެވަޑައިގެންނެވި ގޮތަށް ދިވެހި ވިޔަފާރިވެރިން އުފައްދާ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ފަސޭހަކަމާއިއެކު ފޯރުކޮށްދީ، ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނެ ނިޒާމް ގާއިމްކުރެވިގެންދާނެކަމަށެވެ.
އަދި ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތުމުގެ ބަދަލުގައި އެހެން ސިނާއަތްތައްވެސް ކުރިއަރުވައި، އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު