ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަރިޔަމް ޒީނިޔާ ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކުރިކަމުގެ ޗިޓް ހަވާލުކޮށްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
އޭނާ މަގާމުން ވަކިކޮށްފައި މިވަނީ ކޮމިޝަނުގެ މެންބަރުންގެ މަސައްކަތަށް އެއްބާރުލުން ނުދޭކަމަށްބުނެ މި މަހުގެ 20 ގައި 96 ގަޑިއިރަށް ސަސްޕެންޑް ވެސް ކުރުމަށްފަހުއެވެ. ސަސްޕެންޑު ކުރުމަށްފަހު އޭނާއަށްވަނީ ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައެވެ. އަދި އެ ފުރުސަތުގައި އޭނާ ކޮމިޝަނަށް ޖަވާބުދާރީ ވެފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ނަމަވެސް، މިއަދު ޒީނިޔާ މަގާމުން ވަކިކޮށްފައި މިވަނީ ކޮމިޝަންގެ މެންބަރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.
އެ ޕެޓިޝަނުގައި އެސްޖީގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް މުވައްޒަފުން ވަނީ ތުހުމަތުކޮށްފައެވެ.
މި މައްސަލާގައި އެތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުންވަނީ ބުރާސްފަތި ދުވަހު މަސައްކަތް ހުއްޓާލުމަށްފަހު ގެއަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު