ޖޭއެސްސީން ކޯޓުތައް ހިންގުމަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި އަމަލުކުރަނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ދައްކާފައިވާ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.
މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އާދަމް މުހައްމަދާ ޙަވާލު ކުރެއްވުމާ ގުޅިގެން ހައިލަމް ވިދާޅުވީ ކޯޓު ހިންގުން ވަގުތީގޮތުން އާދަމް މުޙައްމަދާ ހަވާލުކުރެއްވި ކަމަށް ހަވާލާދެއްވާފައިވާ މާއްދާއަކީ އިސްފަނޑިޔާރަކު އައްޔަންކުރުމުގެ ވާހަކަ ބަޔާންކުރާ މާއްދާއެއް ކަމަށާއި ހިންގުން ހަވާލުކުރުމުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރަށް އިސްކަންދިނުމަށް އުސޫލު ހެދުމަށްފަހު ޖޭއެސްސީން އަމަލުކުރަމުން ދަނީ އެ އުސޫލާ ހިލާފަށް ކަމަށެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޯޓުގެ އިސް ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ހާލަތާއި، އިސް ފަނޑިޔާރުކަން ދާއިމަށް ހުސްވާ ހާލަތުގައި ވަގުތީ ގޮތުން މީހަކާ އެ މަސްއޫލިއްޔަތު ހަވާލު ކުރުމުގައި އެ ކޮމިޝަނުން އަމަލު ކުރަނީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ކަމަށެވެ.
އެގޮތުން ވަގުތީ ގޮތުން ކޯޓު ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރަމުން ދަނީ ކޯޓުގައި ނުވަތަ ދާއިރާގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ވަނަވަރު އަދި ރިކޯޑް ފައިލުގައި ހުރި ލިޔެކިޔުންތަކަށް ބެލުމަށް ފަހު އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތައުލީމާއި ތަޖުރިބާ އާއި އަހްލާގާއި ގާބިލްކަމަށް ބަލައި، އިސްފަނޑިޔާރު ކަމަށް އެންމެ އެކަށޭނަ ފަރާތެއް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައިގެން ކަމަށް އެ ބަޔާނުގައި ވެއެވެ.
އަދި އެކިއެކި ސުލޫކީ މައްސަލަތައް ސާބިތުވެގެން ފަނޑިޔާރުކަމުން ވަކިކުރުމަށް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމުން ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު ކޮމިޝަނުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި ކުރާ މަސައްކަތާ ބެހޭ ގޮތުން އާއްމުންނަށް ކަންހިނގާ ގޮތް އޮޅުވާލުމަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ދައްކާ ވާހަކަތައް ކޮމިޝަނުން ކުށްވެރިކުރާކަމަށް ބަޔާނުގައިވެއެވެ.
މިއަދު ނެރުނު ނޫސްބަޔާނުގައި އިސްފަނޑިޔާރުންނާއި، އިސްގާޒީންނާއި، އިސް މެޖިސްޓްރޭޓުން ހަމަޖެއްސުމަކީ ޖޭއެސްސީގެ ޒިންމާއެއް ކަމަށާއި އެކަން ކުރަމުން އަންނަނީ ގާނޫނުތަކާއި އެއްގޮތަށް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުން ހައިލަމް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާ މަގާމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު