ވަޒީފާގެ ފުރުސަތުތަކަށް ޒުވާނުން ތަމްރީނުކުރުމުގެ ގޮތުން "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އާއި، އަމިއްލަ ދެ އިންސްޓިޓިއުޓަކާ ގުޅިގެން ކަމަށް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން 600 ޒުވާނުން ތަމްރީނުކުރުމަށް އެމް.އައި.ޓީ އަދި އައި.އައި.ޓީ.އީއާއި އެކު މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކުގައި އެމް.އައި.ޓީ ގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމެވެ. އަދި އައި.އައި.ޓީ.އީ ގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ އެސިސްޓަންޓް ޑިރެކްޓަރ، ފާތިމަތު މައީޝާއެވެ.
މިނިސްޓްރީން ބުނީ "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" އަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނު ކުރުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމަކީ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު ޕްރޮޖެކްޓް" (މީރީ ޕްރޮޖެކްޓް) އިން ފަންޑު ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން 18 ދާއިރާއެއްގެ ކޯސްތައް ހިންގާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.
ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޯސްތައް:
އެމް.އައި.ޓީ
- ނެޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ގާޑެނިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސް ކީޕިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސެސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފިސް ސަރވިސެސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ
- ނެޝަނަލް ސެޓްފިކެޓް 3 އިން ވޭސްޓް-ޓު-ވެލްތު
- ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް
- ނެޝަނަލް ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން
އައި.އައި.ޓި.އީ
- ނެޝަނަލް ސެޓްފިކެޓް 3 އިވެންޓް މެނޭޖްމަންޓް
- ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ
- ނެޝަނަލް ސެޓްފިކެޓް 3 އިން އާޓް ސްކިލްސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑް ވެއަރ އެންޑް ނެޓްވޯކިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ސްކޫލް ލެބޯޓަރީ ޓެކްނީކްސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް
މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒު ކޮށްގެންނެވެ.
"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ ކޯސްތަކަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑި.އޭ)ގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިއަރީ ހިމެނޭގޮތަށް ހިންގާ ކޯސްތަކެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު