އިންފްލުއެންޒާ އާއި ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
މިއަދު އެޗްޕީއޭއިން ވަނީ ފާއިތުވި ހަ މަސް ދުވަހުގެ ތަފާސްހިސާބުތައް އާންމު ކޮށްފައެވެ. އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަރިދަފުސް ރޯގާ މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރާ މީހުންގެ ތެރެއިން އެންމެ ގިނައީ ކޮވިޑް-19 އާއި އިންފްލުއެންޒާއަށް ޕޮޒިޓިވް ވާ މީހުން ކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރިލް 6 އިން މެއި 17 އަށް އަރިދަފުސް ރޯގާގެ 43،882 ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އިންފުލުއެންޒާގެ 254 ކޭސްއާއި ކޮވިޑް-19 ގެ 37 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަަކޮށްފައެވެ.
މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް ހަޔަކުން މޭ 17 ގެ ނިޔަލަށް ރިޕޯޓު ކޮށްފައިވާ 675 ކޭސްއާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރިޕޯޓްކޮށްފައިވަނީ އެންމެ 86 ކޭސްއެވެ.
މި މުއްދަތުގައި ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ ރ. ކ. އަދި އއ. އަތޮޅުންނެވެ.
އެޗްޕީއޭއިން ބުނީ، މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާއިރު، ކޮވިޑާއި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ.
މި ހާލަތާއި ގުޅިގެން، މިފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު