ބްރޯޑްކޮމްގައި މަސައްކަތްކުރާ 22 މުވައްޒަފުންގެ ތެރެއިން 17 މުވައްޒަފަކު ސޮއިކޮށް މަޖިލީހަށް ސިޓީއެއް ފޮނުވާނީ ކޮމިޝަންގައި މައްސަލަތަކެއް ހުރުމުން ކަމަށް ޤަބޫލު ކުރަށްވާކަމަށް ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވިދާޅުވެއްޖެއެވެ.
ބްރޯޑްކޮމްގެ އިދާރީ އެންމެ އިސް މަޤާމުން މިދިޔަ އާދީއްތަ ދުވަހު ވަކިކޮށްފައިވާ ޒީނިޔާ. މަޤާމުން ވަކިކުރުމުގެ ކުރިން ބްރޯޑްކޮމްގެ މެންބަރުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުން އޭނާ ލަސްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް އޭގެން ބައެއް ދުވަސްތަކަކީ އޭނާ ޗުއްޓީގައި ހުންނެވި ދުވަސްތަކެއް ކަމަށެވެ.
އަދި ކޮމިޝަންގެ ބައެއް ނިންމުންތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް ބައެއް ކަންތައްތައް ދަޢުލަތުގެ އިދާރާތަކާއި ހަމައިން ހުއްޓިފައިވާކަން ޒީނިޔާ ފާހަގަ ކުރަށްވާފައިވެއެވެ.
ހަމައެހެންމެ، ކޮމިޝަނުގެ މެންބަރުން އާއްމު މުވައްޒަފުންނާ ގުޅޭ ބައެއް ކަންތައްތައް ނިންމެވި ނަމަވެސް، އެފަދަ ނިންމުންތައް ސެކްރެޓަރީ ޖެނެރަލްގެ ބަހެއްނެތި ނިންމިދާނެ ކަމަށް ނުފެންނަ ކަމަށްވެސް ޒީނިޔާ ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ހަމަޖެހިފައިވާ އިޖުރާއަތާ އެއްގޮތަށް ކަންތައްތައް ގެންދިއުމަކީ ކޮމިޝަންގެ ނިންމުންތަކަށް އިޙްތިރާމް ނުކުރުން ނޫން ކަމަށާއި، ނަމަވެސް ބްރޯޑްކޮމްގައި މަސައްކަތްކުރާ 22 މުވައްޒަފުންގެ ތެރެއިން 17 މުވައްޒަފަކު ސޮއިކޮށް މަޖިލީހަށް ސިޓީއެއް ފޮނުވާނީ ކޮމިޝަންގައި މައްސަލަތަކެއް ހުރުމުން ކަމަށް ޤަބޫލު ކުރަށްވާކަން ޒީނިޔާގެ ސިޓީގައި ފާހަގަ ކުރަށްވާފައިވެއެވެ.
ޒީނިޔާ މިފަދަ ސިޓީއެއް ބްރޯޑްކޮމަށް ފޮނުވާފައިވާއިރު، ބްރޯޑްކޮމްގެ މުވައްޒަފުން މަޖިލީހަށް ފޮނުވި ޕެޓިޝަންގައި ބްރޯޑްކޮމްގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެތެރޭގައި މުވައްޒަފުން ލައްވާ އެހެން މުވައްޒަފުންނަށް ފާރަލާ ކަމަށާއި އަދި ޒާތީވެ މުވައްޒަފުންނާ ޖައްސާލައި ނަފްސާނީ ގޮތުން ގޯނާކުރާ ކަމަށް ބުނެފައިވެއެވެ.
އަދި މުވައްޒަފުން ލައްވައި ގޭގައި މަސައްކަތްކޮށް އިތުރު ގަޑީގެ އިނާޔަތްތައް ނުދޭކަންވެސް ޕެޓިޝަންގައި ފާހަގަ ކޮށްފައިވެއެވެ. އޭގެ އިތުރަށް ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށާއި، އެ މައްސަލަތައް މަޖިލީހުން ބަލައި އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ޕެޓިޝަންގައި އެދިފައި ވެއެވެ.
ބްރޯޑްކޮމްގެ އިދާރީ އެންމެ އިސް މަޤާމުން މިދިޔަ އާދީއްތަ ދުވަހު ޒީނިޔާ ވަކިކޮށްފައިވަނީ، އޭނާ 3 ދުވަހަށް ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހުގައެވެ. ބްރޯޑްކޮމުން ޒީނިޔާއަށް ފޮނުވި ސަސްޕެންޝަން ނޯޓިހުގައި ބުނެފައިވަނީ އެފިޔަވަޅު އެޅީ ކޮމިޝަނުގެ ހިންގާ ގަވާއިދުގެ 90ވަނަ މާއްދާއާއި 91ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު