ދަނޑުވެރިކަން ކުރުމަށްޓަކައި ހއ. ހުވަންދޫ ކޭޑީ އެންޓަޕްރައިސެސް ނަމަކަށް ކިޔާ ކުންފުންޏަކަށް ދިން ކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ޝާއިއު ކޮށްފައިވާ ލިޔުމަކީ ސައްހަ ނޫން މައުލޫމާތެއް ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިހެން ބުނެފައިވަނީ ރާއްޖެ އެމްވީއިން "އަޑި ނޭނގޭ ޑީލެއްގެ ދަށުން ހއ. އިހަވަންދޫ ނަޔަކަށް ދީފި" މި ސުރުހީގެ ދަށުން ޝާއިއުކުރި ލިޔުމަކީ ދޮގު ހަބަރެއްކަން ހާމަކުރަން ނެރުނު ބަޔާނެއްގައެވެ.
އެ ލިޔުމުގައި ބުނެފައިވަނީ ދަނޑުވެރިކަން ކުރުމަށްޓަކައި ސަރުކާރުން ކޭޑީ އެންޓަޕްރައިސެސް ނަމަކަށް ކިޔާ ކުންފުންޏަކަށް ހއ. ހުވަހަންދޫ ދީފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓަރ މަރްޔަމް މާރިޔާ ކަމަށްވެސް އެ ލިޔުމުގައި ވެއެވެ.
އެހެންނަމަވެސް މިކަން ދޮގު ކުރަމުން މިނިސްޓްރީން ބުނީ އެފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށާއި، ސަރުކާރުން ހުވަހަންދޫ އެއްވެސް ބަޔަކާ ހަވާލު ކޮށްފައި ނުވާ ކަމަށެވެ. އަދި "އިންޓަރގްރޭޑް އެގްރިކަލްޗަރ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ގެ ނަމުގައި މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި އާންމު އުސޫލުތަކުގެ މަތިން ސޮއިކުރައްވަނީ މިނިސްޓަރ ނޫން ކަމަށްވެސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
މިނިސްޓްރީން ބުނީ ރާއްޖެ އެމްވީގެ ލިޔުމުގައި ހިމަނާފައިވާ ފޮޓޯ އަކީ އުސޫލުގެ ތެރެއިން މެމްބަރުންނާ ބައްދަލު ކުރައްވަން ދެއްވާ ފުރުސަތުގެ ތެރެއިން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދުގެ އެދިވަޑައިގަތުމުގެ މަތިން ދެއްވި ފުރުސަތުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.
އެ ބައްދަލުވުމުގައި މެމްބަރާއެކު ކޭޑީ އެންޓަޕްރައިސެސް ކުންފުނީގެ ފަރާތުން ބައިވެރިވެ، އެ އަތޮޅުގެ ދަނޑުވެރިކަމުގެ ތަރައްގީއަށް ކުރިއަށް ގެންދެވިދާނެ ބައެއް ކަންކަމާމެދު ޚިޔާލު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެެވެ. އެހެންނަމަވެސް އެކުންފުންޏާ ހުވަހަންދޫ ހަވާލުކޮށް، އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ހުވަހަންދޫ އަކީ ވަގުތީގޮތުން ބެލެހެއްޓުމަށްޓަކައި އެ އަތޮޅު ކައުންސިލުން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ރަށެއް ކަމަށެވެ. އަދި މިނިސްޓްރީން ރަށްތައް ދޫކުރަނީ ވަކި އުސޫލުތަތަކުން ކަމަށާއި، އެއްވެސް ބަޔާކާ ރަށް ހަވާލު ކުރާނަމަ އުސޫލާ ޚިލާފަށް އެކަން ނުކުރާނެ ކަމަށްވެސް ބުނެފައި ވެއެވެެ.

ކިޔުންތެރިންގެ ހިޔާލު