ނޭޝަނަލް ކެރިއަރސް ސަރވިސް (އެންސީއެސް) އިން ކުޅުދުއްފުށި ސިޓީގައި އަލަށް ޤާޢިމުކުރާ ރީޖަނަލް އޮފީސް ހުޅުވައިފިއެވެ.
މިއޮފީސް ރަސްމީކޮށް ހުޅުވައިދެއްވައި ވާހަކަ ދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު ވިދާޅުވީ، އަމާޒަކީ ވަޒީފާ ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް ވަޒީފާ ހޯދުމުގެ މަގުފަހިކޮއްދިނުންކަމަށެވެ.
އަދި ވަޒީފާ އުމުރުފުރައިގެ ކުދިންނަށް ކިޔެވުމާއެކުު މަސައްކަތުގެ ދާއިރާ ހިޔާރުކުރުމުގެ ފުރިހަމަ މަޢުލުމާތު ފޯރުކޮއްދިނުމަށް އިސްކަމެއްދެއްވަައި، މަތީ ތަޢުލީމާއި ބެހޭ މިނިސްޓްރީ އަދި މިނިސްޓްރީގެ ދަށުން މަސައްކަތްކުރަމުންދާ ހުރިހާ އިދާރާތަކުން މަސައްކަތްކުރައްވާނެކަމަށް ހައިދަރު ފާހަގަކުރެއްވިއެވެ.
އެގޮތުން ކުޅުދުއްފުށީގައި ޤާއިމުކުރެވުނު ނޭޝަނަލް ކެރިއަރސް ސަރވިސް (އެންސީއެސް) އޮފީހަކީ ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮއްދިނުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވައިދިނުމަށް އަމާޒުކޮށް ޤާއިމުކުރެވިފައިވާ އޮފީހެކެވެ.
މީގެ އިތުރުން، މަސައްކަތުގެ އުމުރުފުރައިގެ މީހުންނަށް އެކަށޭނަ މަސައްކަތްތަކާއި ވަޒީފާތައް ޚިޔާރުކުރުމުގައި އެހީތެރިވެ، މަގުދެއްކުމަށްޓަކައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނޭޝަނަލް ކެރިއަރސް ސަރވިސްގެ އިތުރު އޮފީސްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު