ބޮޑު އީދު ފާހަގަކުރުމަށް 65 ރަށެއް ދިއްލުމަށް ބޮކިފަތި ލުމުގެ މަސައްކަތް، ރަށު ކައުންސިލްތަކާއި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ގުޅިގެން ފަށައިފިއެވެ.
ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު އެކްސްގައި ވިދާޅުވީ މިއަހަރުގެ އަޟުހާ އީދަށް މާލެ ނުހިމަނައި އިތުރު 65 ރަށެއް ދިއްލުމަށްޓަކައި ބޮކިފަތި ހަރުކުރާނެ ކަމަށެވެ.
އަދި ކުޑަ އީދު ގައި ދިއްލުމަށް ބޮކިފަތި ފޮނުވި ހުރިހާ ރަށެއް މި ބޮޑު އީދަށް ވެސް ދިއްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި ވެސް އެކި ޑިޒައިންތަކަށް ބޮކިތައް ހަރުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
އީދަށް ހާއްސަ ލެޑް ބޮކިތަކުން ދިއްލާލުމަކީ އީދުގެ ހާއްސަކަން އިހުސާސް ކޮށްދިނުމުގެ ބޭނުމުގައި މި ސަރުކާރުން ރައީސް މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށި މަސައްކަތެކެވެ.
މި އަހަރުވެސް ގިނަ އަދަދެއްގެ ރަށްތަކުން އީދަށް ދިއްލުމަށްޓަކައި ބޮކި ހޯދަން މިނިސްޓްރީގައި އެދިފައިވާކަމަށް ލޯކަލް ގަވަރނަންސް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.
މި އަހަރު އީދު ފާހަގަކުރުމުގެ ގޮތުން ތިން ރަށެއް ސަރުކާރުން ހާއްސަ ކޮށްފައިވެއެވެ. އެއީ ހއ. ކެލާ ކ. ގުރައިދޫ އަދި ލ. ގަމެވެ.

މިއަހަރުގެ ބޮޑު ޢީދުގައި ، 1445 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 29 ރަށާއި 1446 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 36 ރަށުގައި، ޖުމްލަ 65 ރަށުގައި ޢީދުލައިޓް ދިއްލާނެކަމަށް ބެލެވޭ.
— Adam Shareef Umar (@Adamshareefz) June 1, 2025
ޢީދު ފާހަގަކުރާއިރު އިސްލާމީ ގިއުގަނޑުގެތެރޭގައި ޢީދު ފާހަގަ ކުރުމަށް އިލްތިމާސްކުރަން. pic.twitter.com/aBg18AYiaj
މި އަހަރުވެސް ގިނަ އަދަދެއްގެ ރަށްތަކުން އީދަށް ދިއްލުމަށްޓަކައި ބޮކި ހޯދަން މިނިސްޓްރީގައި އެދިފައިވާކަމަށް ލޯކަލް ގަވަރނަންސް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.
މި އަހަރު އީދު ފާހަގަކުރުމުގެ ގޮތުން ތިން ރަށެއް ސަރުކާރުން ހާއްސަ ކޮށްފައިވެއެވެ. އެއީ ހއ. ކެލާ ކ. ގުރައިދޫ އަދި ލ. ގަމެވެ.
ކިޔުންތެރިންގެ ހިޔާލު