ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށާފައިވާކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެއިން ހައިވަކަރު ގަސް މަދުވެފައި ވާތީ، ހައިވަކަރު ގަސް އިތުރު ކުރުމަށް ކުރިޔަށްގެންދާ މަޝްރޫއެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، ސްރީލަންކާ ސަރުކާރުން، ދިވެހި ސަރުކާރަށް ހަދިޔާކުރި ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއިއެކު ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ގަސް ފޮނުވާފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ހައިވަކަރު ގަސް ބޭނުންވެގެން ޝައުގުވެރިކަން ފާޅުކުރި ރިސޯޓުތަކަށް ގަސްތައް ހަދިޔާ ކުރުމުގެ މަސައްކަތް ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މިޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ހަދިޔާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންތިޒާމްތައް ކުރިއަށްދާކަމަށް ވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތި ޒީނަތްތެރިކުރުމަށް އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެއްކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން، ގަސް އިންދުމުގެ އެކި ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ރާވާފައެވެ.
އެގޮތުން މ. އަތޮޅާއި، ރ. އަތޮޅު އަދި ށ. އަތޮޅުގައި މި ހިނގާ ޖޫން މަހުގައި ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް ވަނީ 565،000 ގަސް އިންދާފައެވެ.

ކިޔުންތެރިންގެ ހިޔާލު