ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު
މިނިވަން 60ގެ ލޯގޯ ފަރުމާ ކޮށްގެން ތިރީސްހާސް ރުފިޔާ ހޯދުމުގެ ފުރުސަތު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ މިނިވަންކަމުގެ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކޮށްގެން ތިރީސްހާސް ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ލޯގޯ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި، އެންމެ ރަނގަޅު ލޯގޯ ހޮވާނީ އެކަމަށް ހާއްސަ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށް އިއުލާނުގައިވެއެވެ.

މިލޯގޯ ފަރުމާކުރުމުގައި އިސްލާމްދީނާއި ދިވެހިބަހާއި ސަގާފަތާއި ދިވެހި ތަރިކަ ރަމްޒު ކޮށްދިނުމަށް އެވުޒާރާއިން އެދިފައިވެއެވެ. އަދި ގައުމީ ކުލަތަކާއެކު، ދިވެހި ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒުކުރާ ނޫކުލަ ބޭނުންކުރެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް މިއަހަރު 60 އަހަރު ފުރޭއިރު، ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން