ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބަހަން ފަށައިފިއެވެ.
މި ގަސްތަކަކީ އެންވަޔަރަމެންޓް މިނިސްޓްރީން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ސްރީލަންކާ ސަރުކާރުގެ ފަރާތުން ހަދިޔަ ކޮށްފައިވާ ގަސްތަކެކެވެ.
މިނިސްޓްރީން ބުނީ މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއިއެކީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ހައިވަކަރު ގަސް ފޮނުވާފައިވާނެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ހައިވަކަރު ގަސްތައް ބޭނުންވެގެން ޝައުގުވެރިކަން ފާޅުކުރި ރިސޯތުތަކަށް ގަސްބެހުމުގެ މަސަައްކަތް ކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައި ގަސް އިންދުމުގެ އެކި ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަޢް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ކޮންމެ އަތޮޅެއްގެ އެއް ރަށެއްގައި 5 މިލިއަން ގަސް އިންދުމުގެ ޙަރަކާތް ޕްރޮމޯޓު ކުރުމަށް ބެނަރއެއްވެސް ފޮނުވާފައިވާ ކަމަށެވެ.
ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 565000 ގަސް އިންދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު