އައްޑޫ ސިޓީ މަރަދޫގައި މިއަހަރުގެ އަޟްހާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފިއެވެ.
"އައްޑޫ އީދި ސަމާ 1446- މަރަދޫ 2025" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތްތަކަކީ 5 ޖޫން އިން 9 ޖޫންއަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 5 ޖޫން ވާ ބުރާސްފަތިދުވަހު ރޭގަނޑުއެވެ. އެގޮތުން އެރޭ އީދު މަޅިލުމާއި، ލެންޓަރން އެރުވުން އޮންނާނެއެވެ. މި ހަރަކާތްތައް އޮންނާނީ މަރަދޫ ބަނދަރުގެ ހުޅަނގުފަރާތުގައިވާ ހުސްބިމުގައެވެ. މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ރޭގަނޑު 8:30 ގައެވެ.
ޖޫން 6 ގައި ވަރަށް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން އެދުވަހު އެންމެ ފުރަތަމަ އޮންނާނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމެވެ. މި ހަރަކާތުގައި ބައިވެރިވުމަށް އެންމެންވެސް އީދު ނަމާދުކުރަން ހަމަޖެހިފައިވާ މައިޒާނަށް ހެނދުނު 06:45 އަށް ދާން ޖެހެއެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުންވެސް އޮންނާނީ މަރަދޫ ބަނދަރުގެ ހުޅަނގުފަރާތުގައިވާ ހުސްބިމުގައެވެ. އީދު ނަމާދު ނިންމާފައި ހަދިޔާ ބެހުން އޮންނާނެ ކަމަށް އީދު ސަމާ އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ޝައުޒޫން ބުނެފައިވެއެވެ.
އެއަށްފަހު ދެން އޮންނާނީ އުޟްހިޔާ ކަތިލުމެވެ. މި އީދު ސަމާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނީ އެންމެ މަދުވެގެން 6 ބަކަރި ކަތިލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އުޟްހިޔާގެ ގޮތުގައި ކަތިލާ ބަކަރިތައް ބެހުމަށް ހަމަޖެހިފައިވަނީ ގުރުން ހޮވޭ ނަމްބަރު ތަރުތީބުން ކަމަށްވެސް ބުނެފައި ވެއެވެ.
އުޟްހިޔާ ކަތިލުމަށްފަހު ދެން އޮންނާނީ "އީދި ސައި" ގެ ހަރަކާތެވެ. މި އީދު ސަޔަށް އައުމަށް އައްޑޫ ސިޓީގެ ގުޅިފައިވާ އެންމެންނަށް މި ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ވަނީ ދައުވަތު އަރުވާފައެވެ.
އީދުގެ ކުޅިވަރު ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 6 ވަނަ ދުވަހު ހަވީރު އެވެ. އެގޮތުން ހަވީރު 16:00 ގައި "އީދި މަޖާ" ފެށޭނެއެވެ. މި ހަރަކާތްވެސް އޮންނާނީ މަރަދޫ ބަނދަރުގެ ހުޅަނގުފަރާތުގައިވާ ހުސްބިމުގައެވެ. ހަމަ އެ ވަގުތު އެ ތަނުގައި ވީރު ޕްރޮގްރާމުވެސް ފެށިގެން ކުރިއަށްދާނެ ކަމަށް ޝައުޒޫން ވަނީ ހާމަކޮށްފައެވެ. މި ޕްރޮގްރާމުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.
މި ހަރަކާތަށްފަހު ދެން އޮންނާނީ ވާދެމުމެވެ. މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ 6 ވަނަ ދުވަހު ރޭގަނޑު އެވެ. މި ހަރަކާތުގައި މުޅިއެކު 15 ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި 10 އަންހެން ޓީމާއި، 5 ފިރިހެން ޓީމު ހިމެނެއެވެ.
ޖޫން 7 ވަނަ ދުވަހު އޮންނަ އެންމެ ފޯރިގަދަ ހަރަކާތަކީ "ރޮނޑާ މަސްރޭސް" އެވެ. މި މަސްރޭހުގައި މުޅިއެކު 30 ޓީމެއް ބައިވެރިވެފައި ވެއެވެ. މަސްރޭސް ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހު މެންދުރު 14:30 ގައި މަރަދޫ ބަނދަރުންނެވެ. މަސް ކިރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 20:30 ގައެވެ. މަސް ކިރައި ނިމުމުން ގަންނަން ބޭނުންވާ ފަރާތްތަކަށް މަސް ލިބޭނެ ކަމަށް އީދި ސަމާ އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފައެވެ.
މަސްކިރާ ނިމުމަށްފަހު 7 ވަނަ ދުވަހުގެ ރޭވެސް ވާދެމުން ކުރިއަށްދާނެއެވެ.
8 ވަނަ ދުވަހު ހަވީރު ދަ ޓްރެވެލާއިން ސްޕޮންސަރ ކޮށްގެން ކުރިއަށްގެންދާ "އާއިލީ ހަވީރު" އޮންނާނެއެވެ. މި ހަވީރުގައި 20 މުވައްސަސާއަކުން ބައިވެރިވެފައިވާއިރު، ވަރަށް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އަދި އާއިލީ ހަވީރުގެ ބައިވެރިންނަށް އަގުހުރި އިނާމުތަކެއްވެސް ލިބޭނެ އެވެ.
8 ވަނަ ދުވަހުގެ ރޭ "އީދު ސަމާ" ނިންމުމުގެ ރަސްމިއްޔާތާއެކު ހަވާ އެރުވުން އޮންނާނެއެވެ. އެގޮތުން އެރޭ މަސްރޭހުގެ ވަނަތައް ހޮވުމާއި، ވާދެމުމުގެ ވަނަތައް އާންމުކުރުން އޮންނާނެ އެވެ. އަދި އެއަށްފަހު ހަވާ އެރުވުމަށް ވަނީ ހަަމަޖެހިފައެެވެ. މި ރަސްމިއްޔާތުވެސް އޮންނާނީ ހަަމަ މަރަދޫ ބަނދަރުގެ ހުޅަނގުފަރާތުގައިވާ ހުސްބިމުގައެވެ.
މި އީދި ސަމާގެ އެންމެ ފަހުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާނީ 9 ވަނަ ދުވަހު ހަވީރު ބާއްވާ ޑްރެސް ޕެރޭޑެވެ. މި ޑްރެސް ޕެރޭޑުގައި އެކި މުވައްސަސާތައް ތަމްސީލުކުރާ ހެދުންތައް ފެނިގެންދާނެއެވެ. މި ހަރަކާތާއެކު "އީދި ސަމާ 1446" ނިމޭނެއެވެ.
އީދި ސަމާ އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ އަލީ ޝައުޒޫން ބުނީ މި ހަރަކާތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި އަޟްހާ އީދުގެ އުފާ ފާހަގަކުރާއިރު، އެންމެންވެސް އީދު ސަމާގައި ބައިވެރިވުމަށް ޝައުޒޫން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު