މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި، މިރޭ ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށްދާނީ 21:45 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައެވެ. އަދި މި ހަރަކާތް ގާތްގަނޑަކަށް 5 މިނެޓުގެ ވަގުތަކަށް ދެމިގެންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެފަ
އިވެއެވެ.
މިއަހަރުގެ އަޟްޙާ ޢީދު މާލެއާއި އަތޮޅުތެރޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، މާލެ ސަރަހައްދުގައި ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތައް ގުޅިގެން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.
އެގޮތުން، ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު ސަރަހައްދުގައި އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ކުޑަކުދިންނަށް ޚާއްޞަ ހަވީރެއް ވަނީ ބާއްވާފައެވެ. ޢީދު ބަންދުގެ ތިން ދުވަހު ކުރިއަށްދިޔަ މި ހަވީރުގައި ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ހުޅުމާލޭގެ ދެ ފޭސްގައިވެސް ވަނީ ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކުގައި އެމްއެންޑީއެފް، ފުލުހުންނާއި، ސަރުކާރުގެ ކުންފުނިތަކުން ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާއިރު، ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައި އެމްއެންޑީއެފް އާއި ވެމްކޯއިން ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު