ލޯކަލް ގަވަމެންޓް އޮތޯރިޓީ
ލޯކަލް ގަވަމެންޓް އޮތޯރިޓީ
އިސްލާމީ އިމުން ބޭރުނުވާނެހެން އަޟްހާ އީދު ފާހަގަކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އިލްތިމާސް ކޮށްފިއެވެ.

އެލްޖީއޭން ބުނީ ކައުންސިލްތަކުން ފާހަގަކުރާ ދުވަސްތަކުގެތެރެއިން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަހަކީ އީދު ދުވަސްތައް ކަމަށެވެ. އަދި އީދަކީ ދީނީގޮތުން އިސްލާމީ އުންމަތުގައިވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަމުންއަންނަ މުނާސަބަތެއް ކަމަށް އެލްޖީއޭން ވަނީ ފާހަގަކޮށްފައެވެ.

އީދު ފާހަގަކުރުމުގެ މައިގަނޑު މަޤުސަކީ ރަށުގެ އެއްބައިވަންތަކަމާއި އިޖުތިމާޢީ ގުޅުންބަދަހިކުރުން ކަމަށް އެލްޖީއޭން ވަނީ ބުނެފައެވެ. އަދި އިސްލާމްދީނުގެ ހަމަތަކާއި އުޞޫލުތައް ދިރުވާ ޢާލާކުރުމާއި، ދިވެހި

ސަގާފަތާއި އާދަކާދަ ދިރުވުމަކީވެސް އީދު ފާހަގަކުރުމަގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލުތަކުން އީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތާކާއި އުޞޫލުތަކުގެ ތެރޭން ކަންކަން ކުރުމަކީ ކައުންސިލުތަކަށް ޤާނޫނުން މަތިކޮށްފައިވާ ދީނީ އެއްބައިވަންތަކަން ޤާއިމް ކުރުމުގެ ޒިންމާގެތެރޭން ކުރައްވަންޖެހޭ ކަމެއްކަމުގައި އެލްޖީއޭން ވަނީ ފާހަގަ ކޮށްފައެވެ. އަދި އީދު ފާހަގަކުރުމަށް އިންތިޒާމް ކުރާ އެންމެހާހަރަކާތްތަކަކީ އިސްލާދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތެއްކަން ކަށަވަރު ކުރައްވަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ހަމަ އެހެންމެ، މި ހަރަކާތްތައް ހިންގުމުގައި އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ނުވާނެހެން ކަންކަން އިންތިޒާމް ކުރުމަށްވެސް އެލްޖީއޭން ވަނީ އެދިފައެވެ.

"ވީމާ، އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް މި އަހަރު އަޟުޙާ އީދު ފާހަގަކުރުމަށް ކައުންސިލުތަކުން ހިންގަވާ ހަރަކާތްތަކަކީ އިސްލާމް ދީނުގެ އިމުން ބޭރުނުވެ، އަދި މުޖުތަމައުގެ އާންމު

އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފުނުވެ އާންމު މަސްލަހަތު ރައްކާތެރިކޮށް ހިންގޭ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަށް ދަންނަވަމެވެ." އެލްޖީއޭން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން