އަވައްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ ބޭރަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއާ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށެވެ.
އެހެންވެ މި އީދު ބަންދުގައި ދަތުރު ކުރާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޗިކުންގުންޔާއިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ބައެއް އިރުޝާދުތައް ވެސް ދީފައެވެ. އެގޮތުން، މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށާއި ވީހާވެސް ބޮޑަށް ނިވާވާ ގޮތަށް ފޭރާންލުމާއި މަދިރި ގިނަވާ ވަގުތު ދޮރުތައް ލެއްޕުމަށް ވަނީ އިރުޝާދު ދީފައެވެ.
އޭގެ އިތުރުން، ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން ނުވަތަ ކުޑަ ދޮރުތަކުގައި މަދިރި ދާ ޖެހުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.
ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ.

ކިޔުންތެރިންގެ ހިޔާލު