އިންޑިއަން ޕްރިމިއަރ ލީގް (އައިޕީއެލް) 2025 ގެ ޗެމްޕިއަންކަން ހޯދި ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރުސީބީ) އަށް ކާމިޔާބު ކުރެވުނުގެ އުފާ ފާޅުކުރުމުގެ ތެރޭގައި ދިމާވި ހާދިސާއެއްގައި 11 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގީ ރޭ ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައެވެ. މިއީ ބެންގަލޫރުގެ ކްރިކެޓް ޓީމް އާރުސީބީ އިން އައިޕީއެލް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ހިތާމަވެރި ހާދިސާ މެދުވެރިވީ މި ޓީމަށް ތަހުނިޔާ ކިޔުމަށް އެތައް ހާސް ސަޕޯޓަރުންނެއް އެއްވެގެން ސެކިއުރިޓީ ބެރިކޭޑްތައް ވައްޓާލައި ދަނޑުގެ ތެރެއަށް ވަދެގެން ދަނޑުގެ ގޭޓްތަކާ ދިމާއަށް ދުއްވައިގަތުމުންނެވެ. އެގޮތުން މި ހާދިސާގައި 11 މީހަކު މަރުވެފައިވާއިރު، 33 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ކަރްނާޓަކާގެ ޗީފް މިނިސްޓަރު ސިއްދާރަމައިޔާ ބުނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 10 ލައްކަ ރުޕީސް (ގާތްގަނޑަކަށް 12،000 ޑޮލަރު) ގެ ބަދަލެއް ސަރުކާރުން ދޭން ނިންމާފައިވާ ކަމަށެވެ. އަދި އަނިޔާވި މީހުންނަށް ހިލޭ ފަރުވާ ދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ބެންގަލޫރުގެ ފުލުހުން ވަނީ މިހާރު މި ހާދިސާ އިތުރަށް ތަހުގީގު ކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު