ކަރްބަލާއީ ޚަދީޖާ
ކަރްބަލާއީ ޚަދީޖާ
އަޒަރުބައިޖާނުގެ އުމުރުން 10 އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ ކަރްބަލާއީ ޚަދީޖާ، ސްކޫލްތަކުގައި ބުރުގާ އެޅުމުގެ ހައްގު ދިފާއުކޮށް ދެއްކި ވާހަކަތަކަކާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ބޮޑު ތަޢުރީފެއް ލިބެމުން އެބދެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ޚަދީޖާ ބުނެފައިވަނީ އޭނާއަކީ ޝަހީދެއްގެ ދަރިއެއް ކަމަށާއި، ބުރުގާ އެޅުމަކީ އޭނާގެ ތައުލީމަށް ހުރަސްއަޅާ ސަބަބެއް ނޫން ކަމަށެވެ.

އަދި ބުރުގާ އެޅުމަކީ އޭނާއަށް ލިބޭ ބޮޑު ފަޚުރެއް ކަމަށްވެސް އޭނާ ސިފަކޮށްފައިވެއެވެ.

​މި ވާހަކަތައް މިފަދަ ގޮތަކަށް ފެންމަތިވެފައިވަނީ، އަޒަރުބައިޖާނުގެ ސްކޫލްތަކުގެ ޔުނިފޯމްގެ ގަވާއިދަށް ގެނެވުނު އާ ބަދަލުތަކަކާ ގުޅިގެން، ބުރުގާ އަޅައިގެން ސްކޫލަށްދާ ދަރިވަރުންނަށް ސްކޫލްތަކަށް ވަނުން މަނާކުރަމުންދާ ކަމަށް ބުނެ ރިޕޯޓްތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކިޔެވުމުގެ ހައްގުން ކުދިން މަޙްރޫމުވެދާނެ ކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި ބޮޑުވެފައިވާއިރު، ޚަދީޖާ ދެއްކި ވާހަކަތަކަކީ މިކަމާ ދެކޮޅަށް އަޑުއުފުލުނު މުހިންމު އަޑެކެވެ.



ކިޔުންތެރިންގެ ހިޔާލު