މާފުށި ޖަލުގައި ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.
ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސަން (45އ) ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.
އޭނާ އަކީ މަސްތުވާ ތަކެތީގެމައްސަލައެގައި 25 އަހަރު ދުވަހުގެ ޖަލު ޙުކުމްމެއް ތަންފީޛުކުރަމުން ދިޔަ މީހެކެވެ.
"މޫސަ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެއް، މޫސާ ޙަސަން ނިޔާވެފައި ވަނީ 5 ޖޫން 2025ގެ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން.“ ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސްއިން ބުނީ މޫސާ ޙަސަން މަރުވުމާ ގުޅިގެން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު