ޢަރަފާތު މާތް ބިމުގައި ހުންނަވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައްޖު ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ޙައްޖު ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި މިއަދު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވަނީ ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖެއް މާތް ﷲ މިންވަރު ކޮށްދެއްވުން އެދިވަޑައިގެން ދުޢާ ކުރަށްވާފައެވެ.

"ކޮންމެ ޙައްޖުވެރިއަކަށް މަބްރޫރު ޙައްޖެއް މިންވަރު ކުރައްވާށި. ކޮންމެ މުސްލިމެއްގެ ދުޢާ އިޖާބަ ކުރައްވާށި. އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވާށި. ދުނިޔެއާއި އާޚިރަތުގައިމެ، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލަހައްޓަވާށި،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް ޚާއްޞަ ދުޢާއެއް ކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ އޯގާވަންތަކަމާއި، ރަޙްމަތާއި، ނިޢުމަތް ގިނަގުނަ ކޮށްދެއްވައި، އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ތާއަބަދުމެ ދެއްވުން އެދިވަޑައިގެން ރައީސް ވަނީ ދުޢާ ކުރަށްވާފައެވެ.

ރައީސް މުޢިއްޒު މިހާރު ހުންނެވީ ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މާތްވެގެންވާ ޢަރަފާތު ބިމުގައެވެ.

ރާއްޖެ އިން މިއަހަރު 1000 މީހުން ހައްޖަށް ދިޔައެވެ. ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން މިއަދު ހެނދުނު ވަނީ ޢަރަފާތު ބިމަށް ގޮސްފައެވެ. ރާއްޖޭގެ ހުރިހާ ޙައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށް ދިވެހި ޙައްޖު މިޝަނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން