ތިމާވެށި ހިމާޔަތްކުރަން ދިވެހިން ދޭ އިސްކަމަކީ މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށް އަދާކުރާ ޤައުމީ ޒިންމާއެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕޯސްޓުގައި ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން އަލިއަޅުވާލައްވާފައެވެ. އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމަކީ މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށް އަދާކުރާ ޤައުމީ ޒިންމާއެއް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއަށް މުޅި ދުނިޔެ ޝައުޤުވެރިވަނީ ރާއްޖޭގެ ދެވަނައެއް ނެތް ޗާލު މާޙައުލާ ހެދިއެވެ. އަދި ދިވެހިންނަށް އާމްދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާވެފައިވަނީ ކަނޑުތަކުގެ ދިރުމާއި ރަށްތަކުގެ ރީތިކަމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ޤައުމީ ޒިންމާއެއް." ރައީސް ޕޯސްޓުގައި ވިދާޅުވިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 05 ވަނަ ދުވަހެވެ. މި ދުވަހަކީ ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ދިރިއުޅުމެއް އުޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ "ދުނިޔޭގެ ޕްލާސްޓިކް ތަޣައްޔަރުވުން ނައްތާލުން" މިއެވެ.

ކިޔުންތެރިންގެ ހިޔާލު