ރާއްޖޭގެ ޖަލުތަކަކީ، އެހެން ގައުމުތަކުގެ ޖަލުތަކާ އަޅާބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދާޚިލީ ވަޒީރު ޢަލީ އިޙްސާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ “ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް”ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ޢަލީ އިޙްސާން ވިދާޅުވީ، ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގައި ކުރިމަތިވާ އެކިއެކި ޙާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ފާހަގަނުކުރެވޭ ކަމަށެވެ. އަދި އަލަށް ހުވާކުރި އޮފިސަރުންނާ މުޙާތަބް ކުރައްވަމުން ވަޒީރު ވިދާޅުވީ ކަރެކްޝަނަކީ ވަރަށް ބައިވަރު އޮފިސަރުންގެ ވަރަށް ބުރަ މަސައްކަތާއެކު ހިންގުން ހަރުދަނާ ވެފައިވާ މުވައްސަސާއެއް ކަމަށެވެ.
އޭގެއިތުރުން، އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވުނު ނަމަވެސް ޒިންމާ އަދާކުރުމުގައި ކަރެކްޝަނަކީ އިންތިހާއަށް ރަނގަޅަށް ޒިންމާ އަދާކުރާ މުވައްސަސާއެއްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
މާފުށީ ޖަލުގައި ރޭ ބޭއްވި މިރަސްމިއްޔާތުގައި އަލަށް 9 އޮފިސަރުން ވަޒީފާގެ ހުވާ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު