މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު
އީދަކީ އަޅައިލުމާއި އޯގާތެރިކަން އިސްކުރުމުގެ ޚާއްސަ ފުރުސަތެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އަޟްހާ ޢީދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރަށްވަމުން ސިޔާމް މިއަދު ވިދާޅުވީ، އަޟްހާ އީދަކީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިލާމެހިފައިވާ އުފާފާޅު ކުރުމުގެ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން ޙައްޖުގެ އަޅުކަމުން ލިިބިދޭ ފިލާވަޅުތަކުން އިބުރަތް ހާސިލު ކުރުމުގެ މުހިންމުކަން ސިޔާމް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ސިޔާމް ވަނީ، އީދުގެ އުފާފާޅު ކުރުމުގައި އިސްލާމްދީނުގެ އުސޫލުތަކާއި މުޖުތަމައުގެ އަޚްލާގީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަށްވާފައެވެ. އެގޮތުން، އީދަކީ އަޅައިލުމާއި އޯގާތެރިކަން އިސްކުރުމުގެ ޚާއްސަ ފުރުސަތަކަށް ވާތީ، އީދުގެ އުފާވެރިކަމުގައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ސިޔާމް ވަނީ ހިތްވަރު ދެއްވާފައެވެ.

ހަމައެހެންމެ، އިސްލާމްދީނަކީ އެއްބައިވަންތަ ކަމަށް ބާރުއަޅާ، އަދި ހުރިހާ ކަމެއްގައި ވެސް ހަމަހަމަ ކަމަށް އިސްކަންދޭ ދީން ކަމަށް ސިޔާމް ވިދާޅުވެފައިވެއެވެ. އަދި އަމިއްލަ ދިރިއުޅުމުގައި މި މަތިވެރި އުސޫލުތައް ދެމެހެއްޓުމަށް ސިޔާމް ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަށްވާފައެވެ.

އޭގެއިތުރުން ސިޔާމް ވަނީ، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަމުންގެންދާ އެންމެހައި މުސްލިމުންނަށް މަބުރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދި ދުޢާ ކުރަށްވާފައެވެ. އަދި އަޟްހާ އީދުގެ ދުވަސްތަކަކީ ދިވެހީންނަށާއި، މުޅި އިސްލާމީ އުންމަތަށް ހުރިހާ ރޮނގަކުން ވެސް ފާގަތިކަމާއި ބަރަކާތް ލިބިގެންވާ ދުވަސްތަކެއް ކަމުގައި ލެއްވުން އެދޭ ކަމަށްވެސް ސިޔާމް ވިދާޅުވެފައިވެއެވެ.

އަޟްހާ އީދުގެ އުފަލުގައި ހުރިހާ ފަންތިއެއްގެ ރައްޔިތުން ވެސް ބައިވެރިކުރުމަށް ސިޔާމް އިލްތިމާސް ކުރަށްވާފައިވާއިރު، މިއަދަކީ މި އަހަރުގެ ޙައްޖު ދުވަހެވެ. އަޟްހާ ޢީދު ދުވަހަކީ މާދަމާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން