މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މާގަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބްރޯޑްކޮމްގެ އެސްޖީގެ މަގާމު ހުސްވީ މިދިޔަ މަހު 25 ގައި އެ މަގާމުން މަރިޔަމް ޒީނިޔާ ވަކިކުރުމާ ގުޅިގެންނެވެ. މަގާމުން ވަކިކުރުމުގެ ކުރިން ބްރޯޑްކޮމްގެ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އޭނާ ވަނީ ތިން ދުވަހަށް ސަސްޕެންޑުވެސް ކޮށްފައެވެ.
ހުސްވެފައިވާ އެސްޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައި ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މަގާމަށް ޝަރުތު ހަމަވާނީ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަކަށް ވުރެ މަތީ ސަނަދެއް ހާސިލުކުރުމާ އެކު ހިންގުމުގެ ދާއިރާއިން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނެވެ. އަދި މި ދާއިރާއިން މާސްޓާސް ހާސިލުކުރުމާ އެކު ހިންގުމުގެ ދާއިރާ އިން ތިން އަހަރުގެ ތަޖުރިބާ ހުންނަ މީހުންނަށްވެސް މި މަގާމަށް ކުރިމަތިލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން މި މަގާމަށް ކުރިމަތިލާފަރާތަކީ ހިންގުމުގެ ދާއިރާގައި ސީނިއާ މެނޭޖްމަންޓް އާއި އެގްޒެކްޓިވް ލެވެލްގައި މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، ޕްރޮފެޝަނަލް، އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ހުރުމާއި ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާ އެކު މުއާމަލާތް ކުރުމުގެ ހުނަރު ލިބިފައި ވުން ހިމެނެއެވެ.
އަދި މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ މީހަކަށް ވާން ޖެހޭނެ ކަމަށާއި، ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި އެ މީހެއްގެ އަމިއްލަ މަސްލަހަތެއް ނުހިމެނޭ މީހަކަށްވެ، ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގުމާއި ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދުތައް އެނގޭ މީހެއްކަން އިންޓަވިއު ޕެނަލްގައި ސާބިތު ކޮށްދޭން ޖެހޭނެކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.
އެ މަގާމުގެ މުސާރައިގެ ގޮތުގައި 20،500ރ. އާއި އެލަވަންސްގެ ގޮތުގައި 15،000ރ. ލިބެ އެވެ. އަދި ފޯނު އެލަވަންސްގެ ގޮތުގައި 700ރ. އާއި މަގާމުގެ މަސައްކަތްތަކާ ގުޅިގެން ކަނޑައެޅިފައިވާ އެހެން އެލަވަންސްތައް ވެސް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު