ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް އަންނަ އޮގަސްޓުމަހު ފަހު ކޮޅު ފަށަން ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
މީގެ ކުރިން މިނިސްޓްރީން ބުނީ ޓެކްސީ ލައިނުގެ ހިދުމަތް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ފަށާނެ ކަމަށެވެ. އެހެންނަމަވެސް މީޑިއާއަކަށް މައުލޫމާތު ދެމުން ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ މިހާރު ރާވާފައިވާ ގޮތުން ނަމަ އެ ހިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށެވެ.
މި ޚިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން މި ހިދުމަތަށް ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ޕާކުކުރާނެ ބިމެއް މިހާރު މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެ ބިން ހަމަޖައްސާފައިވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި މިހާރު ހިއްކާފައިވާ ސަރަހައްދުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުން ޓެކްސީ ވިޔަފާރިއަށް ވަންނާތީ އެ ހިދުމަތް ދެމުން އަންނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީގެ ހިދުމަތަށް 1500 އެއްހާ ކާރު ރަޖިސްޓަރ ކޮށްފައި އޮންނައިރުވެސް އާންމުންނަށް ގިނަ ތަކުލީފުތަކެއް ދިމާވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާރު ޓެކްސީގެ ހިދުމަތްދޭ ޑްރައިވަރުންނަށް ވެސް ސަރުކާރުގެ ޓެކްސީ ލައިނުގައި ބައިވެރިވެ، ހިދުމަތް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު