މިއަދު ހަވީރު 4 އިން 6 އަށް ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން މަނާކޮށް މާލޭ ސިޓީ ކައުންސިލުން މީގެ ދެ ދުވަސް ކުރިން އިއުލާނުކުރި ނަމަވެސް ވެހިކަލް ދުއްވުން މަނާވާނީ މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ނެރުނު އިޢުލާނެއްގައި ވަނީ، ކޮންމެ އަހަރެއްގެވެސް ފިޠުރު އީދާއި އަޟްޙާ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގައި އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. މިއީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވުނު އެ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވާ ނިންމުމެކެވެ.
މި ނިންމުމާ އެއްގޮތަށް، މިއަދުގެ ހަވީރު 4:00 އިން 6:00 އަށް މާލެ އަދި ވިލިމާލޭގެ އާންމު މަގުތަކުގައި އިންޖީނުލީ އަދި ބެޓެރީ އުޅަނދު ދުއްވުން މަނާވާނެ ކަމަށް ސިޓީ ކައުންސިލުން އަންގާފައިވެއެވެ.
އެހެންނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންގެ އިޢުލާނުތަކުގައި ވަނީ މާލެ އަދި ވިލިމާލޭގައި އެކަނި އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. ހުޅުމާލެ މި މަނާކުރުމުގެ ތެރޭގައި ނުހިމެނޭކަން ފާހަގަކުރެވެއެވެ.
މި ނިންމުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް އަންގާފައިވެއެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ޙާލަތުގައި ދަތުރުކުރާ އުޅަނދުފަހަރަށް ޚާއްޞަ ސްޓިކަރެއް ސިޓީ ކައުންސިލުން ދޫކުރާނެ ކަމަށާއި، މިއަދުގެ މެންދުރުފަހު 3:45 އާ ހަމައަށް ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިން މި ސްޓިކަރ ލިބެން ހުންނާނެ ކަމަށް އަންގާފައިވެއެވެ.
ފާއިތުވި ފިޠުރު އީދުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލޭ ސަރަޙައްދުގެ ހުރިހާ މަގެއްގައި، ހުޅުމާލެ ހިމެނޭގޮތަށް، ހަވީރު އުޅަނދު ދުއްވުން މަނާކޮށްފައެވެ. ނަމަވެސް، އެ ދުވަހުގެ ހަވީރު މި އިޢުލާން ވަނީ ބާޠިލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު