އެންވަޔަރަމެންޓް މިނިސްޓަރ
އެންވަޔަރަމެންޓް މިނިސްޓަރ
ތިމާވެށީގެ ދުވަހާ ގުޅިގެން މިމަހު ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ މި ހަރަކާތްތަކަކީ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފަައިވާ ހަރަކާތްތަކެއް ކަމަށެވެ.

އޭގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ސެމިނަރތަކާއި، ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، ގަސްއިންދުމުގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ސްކޫލްތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

"އަވަރ ޕްލެނެޓް އެކްޝަން މަންތު" ގެ ނަމުގައި ކުރިއަށްދާ މި ޙަރަކާތްތަކުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމެވެ."

މިނިސްޓްރީން ބުނީ މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށްވެސް ހުޅުވާލާފައިވާ ކަމަށެވެ.

އަދި މި ހަރަކާތްތަކުގެ ތަފްސީލު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލިބޭނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން