މިއަދު ފާހަގަކުރަމުންދާ އަޟްހާ އީދު ދުވަހާއި ގުޅިގެން މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ގަޑީގައި ވެހިކަލް ދުއްވި 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އީދު ދުވަހާއި ގުޅިގެން މިއަދު ހަވީރު 16:00 އިން 18:00 އަށް މާލޭގައި ފުލުހުންގެ ހަރަކާތްތައް އިތުރު ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެވަގުތަކީ މާލެއާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފައެވެ. އެގޮތުން ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެހިކަލް ދުއްވުމާއި ގުޅިގެން 141 މީހަކަށް ނަސޭހަތް ދެވުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން އެއް ފަރާތެއްގެ އުޅަނދު ޓޯކޮށްފައިވާއިރު ލައިސެންސް މުއްދަތަ ހަމަވެފައި އޮއްވާ ދުއްވުމުގެ ސަބަބުން އެއް ފަރާތުގެ ވެހިކަލް ވަނީ ޓޯކޮށްފައެވެ. އަދި އެއްގޮތަކަށްވެސް ލައިސެންސް ނެތި ދުއްވި މީހެއްގެ އުޅަނދުވެސް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު