ޓެކްނިކަލް މައްސަލައެއް ދިމާވެ، މޯލްޑީވިއަނުން ފުނަދޫއަށް ކުރާ ވައިގެ ދަތުރުތައް މެދުކެނޑިއްޖެއެވެ.
މޯލްޑިވިއަނުން މިއަދު ބުނީ ވަގުތީގޮތުން ފުނަދޫ އަށް ކުރާ ދަތުރުތައް މެދު ކަނޑާލީ ޓެކްނިކަލް މައްސަލައެއް ދިމާވެ، މިއަދު ފުނަދޫއަށް ކުރަން ހުރި ދަތުރުތައް ކުރެވެން ނެތުމުން ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފުނަދޫއަށް ކުރާ ވައިގެ ދަތުރުތައް މެދުކަނޑާލަން ޖެހިފައިވަނީ، ބޯޓުތައް ޖައްސާއިރު ތައްޔާރީ ހާލަތުގައި އޮންނަން ޖެހޭ ފަޔާ ލޮރީއަށް މައްސަލައެއް ދިމާވުމުންނެވެ.
2020 ވަނަ އަހަރު ހުޅުވި ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވެއެވެ.
ދަތުރުތައް ކެންސަލްވުމާ ގުޅިގެން އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 1671 އަށް ގުޅުމަށާއި، ދަތުރު ނުކުރެވުނު ފަރާތްތަކަށް ދަތުރުކުރެވޭނެ އިތުރު ގޮތެއް އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.
ޢީދު ބަންދަށް ގިނަބަޔަކު ރަށްރަށަށް ދަތުރުކުރަމުންދާ މިދަނޑިވަޅުގައި ފުނަދޫއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ކެންސަލްވެފައި ވާއިރު، އީދު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ ހުރިހާ ޑެސްޓިނޭޝަން ތަކެއްގެ ޖާގަ ފުލްވެ، ބައެއް ސަރަހައްދުތަކަށް އިތުރު ފްލައިޓް ވަނީ ހަމަޖައްސާފައެވެ.
މޯލްޑިވިއަނުން ފުނަަދުއަށް ދަތުރުތައް ކުރަނީ ހަފުތާއަކު ތިން ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު