ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވައިފި އެވެ.
ސައުދީ ޕްރެސް އެޖެންސީ އިން ރިޕޯޓްކޮށްފައިވާގޮތުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ އެކުވެރިކަން އިތުރަށް ފުޅާކުރުމާ ބެހޭގޮތުން ދެ ޤައުމުގެ އިސްވެރިން މަޝްވަރާކުރެއްވިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދު އަދި ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވީ އަލްމީނާ ގަނޑުވަރުގައި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމާއި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު މިހާރު އޮތް އުޚުއްވަތްތެރި ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މީގެއިތުރުން، މި އަހަރުގެ ޙައްޖު މޫސުމަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސައުދީ އަރަބިއްޔާގެ ޚާދިމުލް ޙަރަމައިން އަޝްޝަރީފައިން އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ފަރާތްޕުޅުން، ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ޚާއްޞަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު