މިއަހަރުގެ ހައްޖުގައި ބައިވެރިވި ގައުމުތަކުގެ ވެރިންނަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެއްވި ފަރިއްކޮޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެޑައިގެންފިއެވެ.
ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޤައުމުތަކުގެ ވެރިންނަށާއި، ޚާއްޞަ ދަޢުވަތަށް ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށާއި، އަދި ނޫސްވެރިންނަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު މެންދުރުގެ ފަރިއްކޮޅެއް ދެއްވަމުން ގެންދަވައެވެ. އެގޮތުން މި އަހަރުގެ މި ޚާއްޞަ ފަރިއްކޮޅު ދެއްވީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލު ސަޢޫދުގެ ފަރާތްޕުޅުންނެވެ.
މި އަހަރުގެ ފަރިއްކޮޅުގައި ރަސްގެފާނުގެ ފަރާތްޕުޅުން ބައިވެރިވެ ވަޑައިގަތީ ވަލީޢަހުދު، އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލު ސަޢޫދެވެ. ޚާއްޞަ ފަރިއްކޮޅު އާންމު ގޮތެއްގައި ބޭއްވެމުން އަންނަނީ މިނާގައި ހުންނަ ރަސްގެފާނުގެ ގަނޑުވަރުގައެވެ. މި ފަރިއްކޮޅުގައި ވަލީޢަހުދުގެ އެންމެ އަރިހުގައި އިށީނދެވަޑައިގެން އިންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ދެ ޤައުމުގެ ދެމެދުގައިވާ ބަދަހި ގުޅުމުގެ ރަމްޒެކެވެ.
ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަތީ ސަޢޫދީ ރަސްގެފާނުގެ ދަޢުވަތަކަށެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގައި، ޚާއްޞަހުއްދައަކާ އެކު ދިވެހިރާއްޖެ ބައިވެރިކުރެއްވުމާއި ގުޅިގެން، މި އަހަރުން ފެށިގެން ދިވެހި ޙައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އަދި ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ޙައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ޚިދުމަތްތަކެއް ވަނީ އިތުރަށް ފަހިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު