ބައިނަލްއަގުވާމީ އޯޝަންސް ކޮންފަރެންސްގައި ބައިވެރިވުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤު އިބްރާހީމް ފްރާންސަށް ފުރާވަޑައިގެންފިއެވެ.
ފްރާންސްގެ ނައިސްގައި ކުރިއަށްދާ އދ. މި ކޮންފަރެންސްއަކީ، ކަނޑުތައް ހިމާޔަތްކުރުމަށް ވަކާލާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރަން ޖެހޭ މުހިންމު ކަންކަމާ ބެހޭގޮތުން، ޤައުމުތަކުގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސައިންސްވެރިން އެއްތަނަކުން ބައްދަލުވެ މަޝްވަރާ ކުރުމަށް ކުރިއަށްދާ ބައްދަލުވުމެކެވެ.
މި ކޮންފަރެންސްގައި ސަސްޓެއިނަބަލް ޑިވެލޮޕްމެންޓްގެ 14 ވަނަ ލަނޑުދަނޑިތައް ހާސިލުކުރުމަށސް ކުރަން ޖެހޭ މަސައްކަތްތަކާއި، ތަންފީޒުކުރަންޖެހޭ ކަންކަން ކުރުމަށް އެހީވެ، ވަސީލަތްތައް ހޯދުމަށް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް މިނިސްޓަރު ތޯރިގުގެ ބައިވެރިވުމަކީ ކަނޑާއި މޫސުމީ ގޮންޖެހުންތަކުގެ ކުރިމަތީގައި ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުން ނަމޫނާ ދައްކުވައިދޭނެކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު