ލ. ގަމުގެ ލިންކު ރޯޑުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެެއް ލިބިއްޖެެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ރޭ ހަތެއް ޖަހާއެހާކަންހާއިރު އެކްސިޑެންޓް ހިނގީ ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުގައި އެ ސައިކަލްގައި ތިބި ދިވެހި ދެ ފިރިހެނުންގެ ވެސް ބޯފަޅައިގެން ގޮސް ފައި ބިނދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އުމުރުން 44 އަހަރުގެ މީހެކެވެ. އެމީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި އަދި އެ މީހާގެ ބޯ ވެސް ފަޅައިގެން ދިޔަ ކަަމަށާއި، އެނޫންވެސް އިތުރު އަނިޔާތަށް އޭނާ އަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ހިނގިއިރު ސައިކަލް ދުއްވަން އިން މީހާގެ ފަހަތުގައި ވެސް އިނީ އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ބޯ ދެ ތަނަކުން ފަޅައިގެން ގޮސް ކަނާތު ފައި ވެސް ދެ ތަނަކުން ބިނދި އިތުރު އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެންމީހާ އަށް އަނިޔާވެފައިނުވާ ކަމަށެވެ. މިއެކްސިޑެންޓުގައި ހިމެނޭ ސައިކަލާއި ކާރަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ފުލުހުން ގެންދަނީ މި އެކްސިޑެންޓް މައްސަލަ ތަހުޤީޤުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން