މިއަހަރު ދިވެހި ޙައްޖުވެރިންގެ ކިބައިން ފެނުނީ އިޚްލާސްތެރިކަމާއި އަޅުކަމުގައި ފެންނަންޖެހޭ ރޫހު ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ޑރ،. ޝަހީމް ވިދާޅުވީ މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢުމުރުން ވަރަށް ދުވަސްވީ މީހުން ދިޔަ ކަމަށެވެ. ނަމަވެސް އެންމެންގެ ފަރާތުންވެސް ފެނުނީ ޙައްޖުގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށް އޮތް އިޚްލާސްތެރިކަމާއި އަޅުކަމުގައި ފެންނަންޖެހޭ ރޫހު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ވަޒީރު ވިދާޅުވީ، މިއަހަރުގެ ޙައްޖު އޮޕަރޭޝަންގެ އެންމެ ބޮޑު ކާމިޔާބީއަކީ، ޙައްޖުގެ އެންމެ މުހިއްމު ރުކުންކަމުގައިވާ ޢަރަފާތުގައި ތިބުމުގެ އެންމެ ވަގުތުކޮޅެއްވެސް ދިވެހި ޙައްޖާޖީންނަށް ނުގެއްލި ޢަރަފާތް ލިބުން ކަމަށެވެ. އެގޮތުން اللهގެ އިރާދަފުޅުން އެއްވެސް ކަމެއް ދިމާނުވެ އަރަފާތުގައި މުޅި ދުވަސް އެއްކޮށް އެންމެހާ ހާޖީންނަށް ލިބުނުކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
“ބަލި ހާލުގައި ތިބި މީހުންނަށްވެސް އެންމެ ފުރަތަމަ ވަގުތު އަރަފާތަށް ވަދެވި މިފަދަ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައި ހުރިކަން އަޅުގަނޑު ވާނީ ވަރަށް ގާތުން ބަލާފައި.” ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ޢަރަފާތަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ރުކުނެވެ. ޢަރަފާތު ނުލިބިއްޖެނަމަ އެމީހަކަށް ޙައްޖު ނުލިބޭނެއެެވެ. އަދި މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖާޖީންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންވެސް ހިމެނެއެވެ.
މިއަހަރު ޙައްޖަށް ދިޔަ ދިވެހިން ސަޢުދީގައި، 18 ދުވަހާއި 19 ދުވަހަށް ތިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު