މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީ ގަތުމެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، މެރިކަލްޗަރއަކީ މި ސަރުކާރުން ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރަން އިސްކަންދޭ ދާއިރާއެއް ކަމަށެވެ. އެގޮތުން، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި މެރިކަލްޗަރއަށް އިންވެސްޓް ކުރެވޭނެ ފަހި މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތް މިވަގުތު އޮތީ އިބްތިދާއީ މަރުޙަލާގައިކަން ފާހަގަ ކުރަށްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި ސިނާޢަތް ފުޅާކޮށް، ކަނޑުގެ ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރާ މިންވަރު މަދުކުރުން ކަމަށެވެ.
“އިރާދަކުރެއްވިއްޔާ މިއަންނަ މަހުގެ ފަހުކޮޅު މި ފުރުސަތު ހުޅުވާލެވޭނެ. އަޅުގަނޑުމެންގެ ވިސްނުމަކީ ތިން މަސްދުވަހުގެ މުއްދަތެއް ބޭރުގެ އިންވެސްޓްމަންޓްތަކަށް ޚާއްޞަކޮށް، ރާއްޖެއަށް ފައިދާހުރި އިންވެސްޓްމަންޓްތައް ހޯދުން.” ވަޒީރު ވިދާޅުވިއެވެ.
އޭގެ އިތުރުން ވަޒީރު ޝިޔާމް ވިދާޅުވީ، މެރިކަލްޗަރ ޒޯންތަކާ ގުޅޭ ގައިޑްލައިންތަކާއި ގަވާއިދުތައްވެސް މިހާރު އެކުލަވާލައި ގެޒެޓްކޮށްފައިވާ ކަމަށާއި، ދުނިޔޭގެ މެރިކަލްޗަރ ދާއިރާގައި ކުރިއަރާފައިވާ ޤައުމުތަކުން ދޭ ލުއިތަކަށްވުރެ ހެޔޮ ޝަރުޠުތަކެއް ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ހުށަހަޅަމުންދާ ކަމަށެވެ.
އޭގެތެރޭގައި، މެރިކަލްޗަރ ކުރުމަށް ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، އިކުއިޒިޝަން ކޮސްޓް އުނިކުރުމާއި، ތިން އަހަރު ދުވަހުގެ މުއްދަތަށް ބިމު ކުލި ނުނެގުން ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު