އެމްއެންޑީއެފް ބޭންޑް، ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް ބޭންޑް، ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލޭގައި ބަމާއްވާނެ ކަމަށް ބުނެފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި ހަރަކާތް އޮންނާނީ މިރޭ 21:00 އިން 22:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުަގައި ކަމަށެވެ.

މި ހަރަކާތަކީ “އީދުހަވީރު 1446” ގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

“އީދު ހަވީރު 1446” އަކީ މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނީ މި ހަރަކާތުގެ ބޭނުމަކީ ޢީދު ބަންދުގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ، މަޖާ ގޭމުތަކަކާއެކު ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން