ރ. އަތޮޅު ރަސްގެތީމު ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމާ ގުޅޭގޮތުން ސަރުކާރާ މަޝްވަރާކުރަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރަސްގެތީމު ކައުންސިލުން މި މައްސަލައާ ގުޅޭގޮތުން ސަރުކާރާ މަޝްވަރާކުރަމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރަނގަޅު ފުރުސަތުތަކެއް ހޯދުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ.
"ދިވެހިން އެބަ ތަރައްޤީވޭ. އަދި ދިވެހިންގެ ވިސްނުން ވެސް އެބަ ވަރަށް ބޮޑަށް ތަރައްޤީވޭ. މީގެ 40 އަހަރު ކުރިން ހިޖުރަ ކުރުމުގެ ވާހަކައަކީ ވަރަށް ބޮޑު ނަފްސާނީ ބަލިމަޑުކަމަކަށް ދާ ކަމަކަށް ވެފައި އޮތީ. އެކަމަކު މިއަދު ރައްޔިތުން އެބަ ވިސްނޭ. ރައްޔިތުންނަށް އެބަ އެނގޭ ދިރިއުޅުމުގެ ކަންކަން ފަހިކުރުމަށް ޓަކައި ރަނގަޅު ފުރުޞަތުތައް ހޯދަން ޖެހޭކަން،" ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަކީ ސަރުކާރުން މަޖުބޫރުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ހިޖުރަކުރާ ނަމަ، އެއް ރަށަކަށް ހިޖުރަކުރުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ހިޖުރަކުރާ ބަޔަކު ހިޖުރަ ކުރަން ވާނީ އެއް ރަށަކަށް ކަމަށް. މިސާލަކަށް ހިރިމަރަދޫގެ ބޭފުޅުންގެ ތެރެއިން ވަކި ބޭފުޅުންކޮޅެއް އެއް ރަށް އަނެއް ބޭފުޅުން އަނެއް ރަށަކަށް ވަޑައިގަތުމުގެ ބަދަލުގައި އެއް ރަށަކަށް ހިޖުރަކުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ބަލަނީ،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ރަސްގެތީމު މީހުން ބަދަލުވާން ސަރުކާރާއި މަޝްވަރާކުރަމުން ދާއިރު ވ. އަތޮޅާއި މ. އަތޮޅުގެ ރަށަކުން މީހުން ބަދަލުވާން ސަރުކާރުގައި މިހާރު ވަނީ އެދިފައެވެ. އެހެން ނަމަވެސް ސަރުކާރުން އަދި އެކަމާއި މެދު ވަކިގޮތެެއް ނުނިއްމައެވެ.

ކިޔުންތެރިންގެ ހިޔާލު